ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓެއް.

ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓްތަކުގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ސަރުކާރުގެ ވެބްސައިޓްތަކުގައި ސެކިއުރިޓީއާއި ރައްކާތެރިކަމަށް ބޭނުންކުރާނީ HTTPS ޕްރޮޓޮކޯލްއެވެ.

ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.

ސެލްފް އެމްޕްލޯއިޑް ސަޕޯޓް ޕްރޮގްރާމް

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާ އެހީގެ ޕްރޮގްރާމްގެ މަޤްޞަދަކީ ކޮވިޑް-19 އާ ގުޅިގެން މަސައްކަތް ހުއްޓި ނުވަތަ އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް މާލީ އަދި ޓްރެއިނިންގް އެހީ ފޯރުކޮށްދިނުމެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުމަށް ޝަރުތުހަމަވާނީ 30 ސެޕްޓެމްބަރ 2022 އާއި ހަމައަށް ފާއިތުވި 1 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތްތަކަށެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ 4 ހަފްތާގައި ފުލްޓައިމް ވަޒީފާއެއްގައި ނޫޅޭ ފަރާތްތަކާއި، ވަޒީފައިގައި އުޅޭ ފަރާތްތެއްނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނަ ވަގުތު ވަޒީފާ އަދާ ކުރަމުން ދާ ފަރާތަކަށް ނުވާނަމައެވެ. މި ޕްރޮގްރާމްގެ އެހީއަށް ޝަރުތު ހަމަވުމުގައި ތަމްރީން ޕްރޮގްރާމް އެއް ނިންމުމަށް ހަމަޖެހިފައިވެއެވެ.އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން މިނިވަން ކޮންޓްރެކްޓަރުންނާއި، ފްރީ ލާންސަރުން، ގޭގައި އަމިއްލަ ވިޔަފާރި ހިންގާ ފަރާތްތަކަށް އަންނަނިވި ދާއިރާތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެއެވެ.
 އެހީދެވޭ ދާއިރާތައް:
1. އަތްތެރި މަސައްކަތް
2. ބިއުޓީ އަދި މޭކަޕް ކުރުން
3. ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
4. ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
5. އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
6. ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
7. ކުޅިވަރު އަދި ފިޓްނަސް
8. ފަރުމަސްވެރިކަން (30 ފޫޓުން ދަށުގެ އުނޅަދުގެ ވެރިފަރާތްތަކަށް ޚާއްޞަ)
9. އިލެކްޓްރިކަލް ވަޔަރިންގް އަދި މެއިންޓަނަންސް
10. ވެލްޑިންގ އަދި ކާޕެންޓްރީގެ މަސައްކަތް
11.  އެޑިއުކޭޝަން (ޤުރުއާން އަދި ޓިއުޝަން ސެންޓަރުތައް)
ގުޅުންހުރި ލިޔުންތައް
އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީގެ ފްރޮގްރާމުގެ އުސޫލު - ދެވަނަ އިސްލާޙު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީގެ ޕްރޮގްރާމުގެ އުސޫލު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީގެ ފްރޮގްރާމުގެ އުސޫލު - އެއްވަނަ އިސްލާޙު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީގެ ފްރޮގްރާމުގެ އުސޫލު - ދެވަނަ އިސްލާޙު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީގެ ޕްރޮގްރާމުގެ އުސޫލު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީގެ ފްރޮގްރާމުގެ އުސޫލު - އެއްވަނަ އިސްލާޙު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީގެ ފްރޮގްރާމުގެ އުސޫލު - ދެވަނަ އިސްލާޙު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީގެ ޕްރޮގްރާމުގެ އުސޫލު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީގެ ފްރޮގްރާމުގެ އުސޫލު - އެއްވަނަ އިސްލާޙު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީގެ ފްރޮގްރާމުގެ އުސޫލު - ދެވަނަ އިސްލާޙު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީގެ ޕްރޮގްރާމުގެ އުސޫލު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީގެ ފްރޮގްރާމުގެ އުސޫލު - އެއްވަނަ އިސްލާޙު

ކެމްޕޭންތައް

އެއްވެސް ކެމްޕޭނެއް ލިބޭކަށް ނެތް

މިވަގުތު މި ޕްރޮގްރާމަށް އެއްވެސް ކެމްޕޭނެއް ނެތެވެ.